ޝައިޚް ޒައިދު މިރޭ ފުލުހަށް ހާާޒިރުކުރަނީ
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ފުލުހަށް ހާާޒިރުވުމަށް އަންގައިފިއެވެ.
ޝައިޚް ޒައިދަށް ފުލުހަށް ހާޒިރުވާން އެންގިކަން އޭނާވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް ހާޒިރުވާން އެންގި ސަބަބެއް ނޭނގޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޝައިޚް ޒައިދުވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ޝަައިޚް ޒައިދު ވިދާޅުވީ ދެއްކި ވާހަކައެއް ނަމަ، އޭނާ ކުރައްވާފައިވާ ޓްވީޓުތަކުގައި ހުންނާނެ ކަމަށެވެ. މީސް މީހުން އޭނާއޭ ކިޔައިގެން "ރޯ ބުހުތާނު" ދޮގު ހަދައިގެން ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމަށް ފިޔަވަޅު ނާޅާތީ ޒައިދު ވަނީ އެކަމާއި މެދު ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި އަދުލުވެރިވުމަށް ޒައިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފަހަކަށް އައިސް ފުލުހުން ދަނީ ސޯޝަލް މީޑިޔާގައި ދީނީ ކަންކަމާއި މެދު ބަސްބުނެ ހަދާ ފަރާތްތަކުން ފުލުހަށް ހާޒިރުކޮށް ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް