ޖަސްޓިސް ބިލްޑިންގގެ އޭސީ އައުޓްޑޯ ޔުނިޓް ވަގަށް ނަގައިގެން ވިއްކަން އުޅެފި
ގިނައަދަދެއްގެ ކޯޓުތަކެއް ހިންގަމުންދާ ޖަސްޓިސް ބިލްޑިންގގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިގެން ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޖަސްޓިސް ބިލްޑިންގގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނައްޓާލައިގެން އެ ވިއްކަން ބާޒާރުމަތީގައި އުޅުނު ދެ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ 45 އަހަރުގެ މީހަކާއި 50 އަހަރުގެ ދެ ދިވެހިން ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް