ހުޅުމާލޭ ފަޅުގައި އޮތް ތެއޮ ބޯޓެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭ ފަޅުގައި އޮތް ތެއޮ ބޯޓެއްގައި ރޯވެއްޖެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ ޓީމުން ދަނީ ކުރަމުންނެވެ.
ތެއޮ ބޯޓުގައި ރޯވިއިރު ކައިރީގައި ސަފާރީ ބޯޓުފަހަރާއި މަސްދޯނިތައް ހުއްޓެވެ. އަލިފާން ހިފުމާއެކު ކައިރީ ހުރި އުޅަނދުތައް ވަނީ ދުރައްޖެއްސުމުގެ މަސައްކަތް ފަށާފައެވެ.


ފުލުހުންވެސް ވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއްހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް