އެނބޫދޫ ފަޅުގެ ރަށެއް ޕިކްނިކް ދާ ރަށަކަށް ހަދަނީ
މާލެ ކައިރިން ތައިލޭންޑްގެ ސިންހާ އެސްޓޭޓުން ހިއްކަމުންދާ އެނބޫދޫ ފަޅުން ރަށެއް، ޕިކްނިކްދާ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައިިފިއެވެ.
މި ރަށް ކަނޑައެޅިކަން ހާމަ ކުރައްވައި މީޑިޔާތަކަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ އެނބޫދޫ ފަޅުން ރަށެއް މާާލޭ ސަރަހައްދުގެ ފަރާތްތަކުން ޕިކްނިކް ދިއުމަށް ކަނޑައެޅިފައިވާ ކަމަށެވެ. ނަަމަވެސް އެތަން އާންމުކޮށް ހުޅުވާލާނީ ސާރުކާރަށް އެއް އަހަރު ވުމުންކަމަށް ވަނީ ބުނެފައެވެ.
މި ރަށުގެ ތަރައްގީކުރެވޭ އިރު ބާބަކިޔު ސަރަހައްދަކާއި، ކުޑަކުދިން ކުޅޭނެ ޕާކަކާ، ގެސްޓު ހައުސް ރޫމްތަކާއި، ކުޅިވަރު ކުޅޭނެ ފެސިލިޓީތައް ގާއިމް ކުރުމަށް ވަނީ ނިންމާާފައެވެ.
މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ކަނޑައަޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ ކުރިން މާލޭގެ ރައްޔިތުން ޕިކްނިކް ދާންއޮތީ ކުޑަބަނޑޮހެވެ. ނަމަވެސް އެރަށުގައި މިހާރު ދަނީ މަލަހިިނި ކުޑަބަނޑޮސް ނަމުގައި ރިސޯޓެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް