ލުުތުފީ މާލެ ގެންނަން ގޮވާލައި އިދިކޮޅުން މުޒާހަރާއަށް!
1988ވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީލަންކާއިން މާލެއަށް ގެނައުމަށް ގޮވާލާ މުޒާހަރާކުރުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ތައްޔާރުވެއްޖެއެވެ.
މި ދެޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ މި މުޒާހަރާާ އޮންނާާނީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
ޝުޖާއު ވިދާޅުވީ 19 ދިވެހިންގެ ލޭ ބޮއިފަ ހުރި މީހަކު މި ސަރުކާރުން ވީއައިޕީ ފެންވަރުގަ ނުގެންގުޅެވޭނެކަމަށާއި މި މައްސަލަ މި ކޯލިޝަނުން މަޖިލީހަށް ހުށަހެޅީމާ، އިދިކޮޅުގެ މެމްބަރުންނަށް ބުލީކޮށް، ފުރައްސާރަކުރަމުންދާ މަންޒަރުކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ނިކުންނަނީ ބޮޑު ބާޣީ އެއް މި ޤައުމަށް ގެންނަންޖެހޭނެކަމަށް ވަކާލާތު ކުރުމަށް"، ޝުޖާާއު ވިދާޅުވިއެވެ.
މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް