މުސްލިމުންގެ އެންމެ ވަރުގަދަ 500 ޝަޚުސިއްޔަތުންގެ ތެރޭގައި ޑރ.ޝަހީމް
މުސްލިމުންގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ 500 ޝަޚުސިއްޔަތުންގެ ލިސްޓެއްގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިއްޖެއެވެ.
ޖޯޑަންގެ ރޯޔަލް އިސްލާމިކް ސްޓްރެޓަޖީސް ސްޓަޑީޒް ސެންޓަރއިން ކޮންމެ އަހަރަކު އެއްފަހަރު އެކުލަވާލާ މި ލިސްޓްގައި ޑރ.ޝަހީމް ހިމެނިވަޑައިގަންނަވާފައިވަނީ ދީނީ ކަންކަމުގެ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
ޑރ.ޝަހީމަކީ މިވަގުތު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެގޮތުން އެބޭފުޅާ ދަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރކަމާއި ފިކުރީ ގޮފީގެ ޑިރެކްޓަރކަމުގެ މަގާމު އަދާކުރައްވަމުންނެވެ.
ޑރ.ޝަހީމް އިސްކޮށް ހުންނަވާ އޯއައިސީގެ ފިކުރީ ގޮފިން ދަނީ މުސްލިމުންގެ އެންސައިކްލޮޕީޑިޔާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް