އިންޓަރނެޓްގެ އަގުހެޔޮކުރަން އިތުރު ފަރާތަަކަށް ޚިދުމަތުގެ ފުރުސަތު ދީފާނަން: މަލީހު
ދިވެހިރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ ޚިދުމަތްތަކުގެ އަގު ހެޔޮކޮށްދިނުމަށް އިތުރު ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފުުރުސަތު ދިނުމަށް ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަރވިއުއެއްގައި މަލީހު ވިދާޅުވީ އިންޓަރނެޓްގެ އަގުހެޔޮކުުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
އަދި ސަރުކާރުން ހަދާފައިވާ ދިރާސާތަކެއްގެ މައްޗަށް ބެލުމަށްފަހު އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
މަލީހު ވަނީ އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ފަރާތްތަކަށް ހުއްދަ ދޭންޖެހިއްޖެނަމަ އެކަން ކުރަން ސަރުކާރުން ފަސް ނުޖެހޭނެކަމަށް ހާމަކުރައްވާފައެވެ.
އެބޭފުޅާ ވިދާޅުވީ ސަރުކާރުން މިކަމުގައި އެންމެ ބޮޑަށް ރިއާޔަތްކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރެވޭނެ ގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް މިކަމުގެ ލުއި ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަށްކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް