ރާއްޖޭގައި ކުއްލި ދެމަރު ހިނގައިފި
މާލެއާއި ގދ.ގައްދޫގައި ކުއްލި ދެމަރުގެ ހާދިސާ ހިނގައިފިއެވެ.
އެގޮތުން މިއަދު ހެނދުނު މާާލޭގައި މަރުވެފައި އޮއްވާ ފެނުނީ މީގެ ކުރިން ފުރަތަަމަ ޑިވިޝަންގެ ކްލަބްތަކަށް ފުޓްބޯޅަ ކުޅެފައިވާ ފަރާތެއްކަމުގައިވާ އިބްރާހިމް ރިޒުވާން (ބަގޭ) އެވެ.
ފުލުހުން ވިދާޅުވީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު 6:25 އެހާކަންހާއިރު އެމްބިއުލާންސަކަށް އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ގދ.ގައްދޫގައިި އިއްޔެ ފަތިހު ފިރިހެނަކު ވަނީ ދަންޖެހިގެން މަރުވެފައެވެ. 40އަހަރުގެ ފިރިހެންމީހާގެ މަރުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އެރަށުގެ މީހުން މައުލޫމާތުދެއެވެ.
އެގޮތުން އޭނާގެ ކަރުގައި ހުރި ނިޝާން ތަފާތުވުމާއި، ފެނުނު އިރު ވާގަނޑު ކަނޑާލައި ބިންމަތީގައި އޮތުން ހިމެނެއެވެ. ފުލުހުން ދަނީ މި މައްސަލަވެސް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް