ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ބަންދުކޮށްފި
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ބަންދުކޮށްފިއެވެ.
މި ފުރުސަތު ބަންދުކުރި އިރު ނަން އަނބުރާ ގެންގޮސްފައިވަނީ ތިން ކެނޑިޑޭޓުންނެވެ.
އެއީ ހިތަދޫ މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ޒާހިދު ރަމީޒާއި، އެމްޑީޕީގެ މަހިބަދޫ ދާއިރާގެ ކެންޑިޑޭޓު އަލީ އަހްމަދު (ކަރިޝް) އާއި ލޭބާ ޕާޓީގެ ޓިކެޓުގައި ގެމަނަފުށި ދާއިރާއަށް ކުރިމަތިލެއްވި އިލްހާމް މުހައްމަދެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ކަރުދާސް ޗާޕް ކުރަން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި ވޯޓު ކަރުދާސް ޗާޕު ކުރަން ހަވާލު ކުރީ ކޮން ބަޔަކަށް ކަން ހާމަ ކުރާނީ ގާނޫނުގައި ބުނާ ފަދަައިން އިންތިހާބުގެ ފަސް ދުވަސް ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް