ވިލުފުށީ ދާއިރާގެ ރަށްތަކުން އެދިފައިވާ ކަންކަން ބަޖެޓްގައި ހިމަނައި ދެއްވުމަށް ސަރުކާރުގައި އެދިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައްޔިތުންގެ މަޖިލީހުގެ ތ. ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހަސަން ވަޙީދު، ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މި ބާއްދަލުވުމާއި ގުޅޭގޮތުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން، މެންބަރު ހަސަން ވިދާޅުވީ، މި ބައްދަލުވުމުގައި ދާއިރާގެ ތިން ރަށުގެ ކައުންސިލްތަކާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އަދި، އަންނަ އަހަރުގެ ބަޖެޓުގައި ދާއިރާގެ ތިން ރަށުން އެދިފައިވާ ކަންކަން ހިމަނައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ވަޒީރު އާދަމް ޝަރީފު ޢުމަރު، ރާއްޖޭގެ އެކި ދާއިރާތަކުގެ މެންބަރުންނާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގެ މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއާއި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް