ހުޅުމާލޭގެ އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޗައިނާގެ ރައްޔިތެކެވެ.
މި ހާދިސާ ރިޕޯޓްކުރެވިފައިވަނީ މިއަދު ހެނދުނު 8:29ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ ޗައިނާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ ވެއްޓިފައި ވަނީ، ހަދަމުން ދިޔަ ހަ ވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލައިން އެ އެޓަވަރުގެ ދެ ވަނަ ފަންގިފިލަޔަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް