ޝިމާގެ ކޮއްކޮ ގޮވައިގެން ދަނިކޮށް ހިފެހެއްޓި މީހުން ދޫކޮށްލައިފި
ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުން ދޫކޮށްލައިފިއެވެ
ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ހިފެހެއްޓި ތިން މީހުންވެސް ދޫކޮށްލައިފިއެވެ.
އެމީހުންގެ ތެރޭގައި ޝިމާގޮވައިގެން ޑިންގީގައި ދަތުރުކުރި ފަޒީލްވެސް ހިމެނޭކަންވެސް ހިމެނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންގޮސްފައިވަނީ ސިކްސް ސެންސަސް ލާމް ރިސޯޓް ކައިރިން ޑިންގީއެއްގައި ޝިމާގެ ކޮއްކޮ ގޮވައިގެން ދަނިކޮށެވެ. އެގޮތުން މާރޗްމަހުގެ 11 ވަނަ ދުވަހު އެމީހުން ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ.
އަދި ކޯޓުން އެމީހުން ދޫކޮށްފައި ވަނީ ޝަރުތުތަކާއި އެކުގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް