މަޖިލީހަށް ނާއިބް ރައީސަކު އައްޔަނުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަޖިލީހުގެ ނައިބު ރައީސްއަށް އައްޔަނުކުރުމަށް، މިއަދު މެންދުރަށް ތާވަލު ކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވުމުންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރުމަށް އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވަނިކޮށެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމުން، އޭނާ ވަކިކުރާ މައްސަލަ މިއަދު 9:00 ގެ ޖަލްސާގައި ކުރިއަށް ނުގެންދާނެ ކަމަށާ ނަމަވެސް މިއަދު މެންދުރު 1 ޖަހާއިރު އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
ނަމަވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ މެންދުރުގެ ޖަލްސާ ނޯނާނެކަން މެންބަރުންނަށް އަންގާފަ އެވެ.
މަޖިލިސް އިދާރާއިން މިހާރު ނެރެފައިވާ ނޯޓިސްގައިވާ ގޮތުން، ދެން ޖަލްސާ ބާއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް