ބްރޯޑްކޮމްގެ ނައިބު ރައީސާ ޒައިނާ ވަކިކޮށްފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސާ ފާތިމަތު ޒައިނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ފާސްކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒައިނާ މަގާމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 57މެންބަރުންގެ ތެރެއިން 56މެންބަރުންެގެ ވޯޓުންނެވެ.
އޭނާ މަގާމުން ވަކިކުރުމަށް ނުފެންނަކަމަށް އެއް މެންބަރަކު ވޯޓުދެއްވިއެވެ.
ޒައިނާާ މަގާމުން ވަކިކުރުމަށް ނިންމީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން އެގޮތަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. ޒައިނާގެ އިތުރުން އެކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަހީބުވެސް މަގާމުން ވަކިކުރުމަށް ފޮނުވިއެވެ.
ނަމަވެސް ޝަހީބު ވަނީ ވޯޓު ނެގުމުގެ ކުރިން މަގާމުން އިސްތިއުފާދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް