އެފްއެސްއެމްގެ އެމްޑީ އަކަށް އާޝާން ހަމަޖައްސައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން ހަމަޖައްސައިފި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން އައްޔަންކުރީ މިއަދުއެވެ.
މިއީ އެސްޓީއޯ ގްރޫޕްގެ އެމްޑީއަކަށް އަންހެނަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ފާތިމަތު އާޝާން ވަނީ އެސްޓީއޯގެ ބައެއް އިސް މަގާމުތައް އަދާކުރައްވާފަ އެވެ. އެގޮތުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގެ އިތުރުން މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް