ފެނަކައިގެ ކުރީގެ އެމްޑީ، ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ
ނިމިގެންދިޔަ ވެރިކަމުގައި ފެނަކައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ކަންކަން ހިންގާފައިވާކަމަށް ބުނެ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ، އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައެވެ. މިގޮތުން ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ 25 މައްސަލަ ހިމެނޭކަމަށް މިހާރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރއިން ފެނަކަ އަކީ މާލީގޮތުން އެންމެ ހާލުގައި އުޅޭ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް