މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު އަންހެނެއް 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅުނު އަންހެނެއް 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާގޮތުން، މި މައްސަލާގައި ހައްޔަރު ކުރެވުނީ، ސ.ހިތަދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އަންހެނެކެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައެވެ.
އަންހެން މީހާއަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުން/ ގެންގުޅުމެވެ.
އަންހެންމީހާ ބަންދުކުރަން އަމުރުކުރެވުނުއިރު ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން އަމުރުގައި ބުނީ، އޭނާ ހައްޔަރު ކުރެވުނީ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުއްޓާކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ މީހުންނަކީ މުޖުތަމައުއިން އެކަހެރިކޮށް ވަގުތުން ފަރުވާއަށް ގެންދަންޖެހޭ މީހުން ކަމަށް ބުނެފައިވެއެވެ.
އަންހެން މީހާއަކީ ބަންދު ރިކޯޑް އޮތް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް