އިންޑިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެ
އިންޑިޔާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެއެވެ.
އެކަމަނާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއު ދިއްލީގެ މަޝްހޫރު އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް "އިންޑިޔާ ޓުޑޭ" އިން ރިޕޯޓްކުރެއެވެ.
ސުޝްމާ އަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފުރަތަަމަ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް ނުވަތަ ޚާރިޖީ މިނިސްޓަރެވެ. ސުޝްމާގެ ދައުރުގެ ފަހުކޮޅު ވަނީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރެއްވިއެވެ.
އެކަމަނާ މިފަހަރުގެ އިންޑިޔާގެ އާންމު އިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ. އެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވީ ބަލިހާލަތު ހުރިގޮތުން ކަމަށް އެކަމަނާ ވަނީ އޭރު ވިދާޅުވެފައެވެ.
ސުޝްމާާ ވަނީ މިއަދު ހެނދުުނު، ޖައްމޫ އަދި ކަޝްމީރަށް ދީފައިވާ ޚާއްސަ ރައްކާތެރިކަން އުވާލުމަށް އިންޑިޔާއިން ނިންމެވި ނިންމެވުމަށް ތާާާއިދުކުރައްވާފައި ޓްވީޓްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް