ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވެއްޖެ އެވެ.
ރާމިޒު އަވަހާރަވީ އުމުރުން 74 އަހަރުގަ އެވެ. ރާމިޒު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި، ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އެ ޕޯސްޓްގައި ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
ރާމިޒުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް