ފިލިޕީންސްގައި ތިބި ދިވެހިންގެ ހާލަތު ދަނީ ބަލަމުން: ޚާރިޖިއްޔާ
އިއްޔެގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބިންހެލުންތަކެއް ކުރިމަތިވި ފިލިޕީންސްގައި ތިބި ދިވެހިންގެ ހާލަތު ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ބިންހެލުންތަކާއި ގުޅިގެން އެގައުމުގެ ވެރިރަށް މެނީލާގައި ތިބި ދިވެހިންގެ ހާލުއަހުވާލު ބަލައި، އެފަރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މި ބިންހެލުމުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް މިނިސްްޓްރީން ހާމަކުރެއެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޮންސިއުލަރ ހޮޓްލައިން +9607983400 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ފިލިޕީންސްއަކީ ގިނަ އަދަދެއްގެ ދިވެހި ކިޔަވާކުދިން އުޅޭ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް