ރޯނު ނަކަތް ފެށުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް
ރޯނު ނަކަތްފެށުމާއެކު ރާއްޖެގެ ބޮޑު ބަޔަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހުމާއެކު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ނަކަތަކީ މޫސުމުގެ ގޮތުން އަހަރު ބެހިފައިވާ އަށާވީސް ބައިންކުރެ ކޮންމެ ބަޔަކަށް ކިޔާނަމެކެވެ. ރާއްޖޭގައި ދަތުރުވެރިން ދަތުރުކޮށް އުޅުނީ ނަކަތް ނުވަތަ ދިވެހި މި ކަލަންޑަރއަށް ބަލައިގެންންނެވެ.
މިހާރު ފެށިފައިވާ ރޯނު ނަކަތުގެ ދުވަސްތަކަކީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާ ދުވަސްތަކެކެވެ. ހުޅަނގު މޫސުމުގެ މި ނަކަތް ފެށިފައިވަނީ މޭ 20 ވަނަ ދުވަހުއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ޕޮޓޯ: އަވަސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް