އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މިއަހަރުގެ މެއި/ޖޫންގައި ދަރިވަރުން ހެދި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ، މިއަދު ހެނދުނު 9 ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ސެންޓަރުތަކަށް ނަތީޖާ ފޮނުވަން ފަށާފައިވާ ކަމަށާއި، މިއަދު 12 ޖެހިއިރު ސެންޓަރުތަކުން ނަތީޖާ ދޫކުރަން ފަށާފައިވާކަމަށެވެ.
ނަތީޖާއަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުުޅުވާލާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވާއިރު، އެކަމަށް ކަނޑައަޅާފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިން ހިމެނޭހެން ޖުމްލަ 7،501 ކުދިން މި ފަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ.
ރާއްޖޭގެ 257 ސެންޓަރުގައި ހެދި މި އިމްތިހާނުތަކުގެ ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް، އެ އިމްތިހާނު ހެދި ސެންޓަރަށް ހުށަހަޅައިގެން އެކަން ހަމަޖައްސަން ޑީޕީއީއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް