ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނު މޯލްޑިވިއަންގެ ފްލައިޓް އިމަޖެންސީގައި ގަމަށް ޖައްސައިފި
މާލެއިން ފުރައިގެން އައްޑޫ ސިޓި ގަމަށް ދަތުރުކުރަމުން ދަނިކޮށް ލޭންޑިން ގިއަރުގައި މައްސަލަ ޖެހުނު މޯލްޑިވިއަންގެ ފްލައިޓެއް އިމަޖެންސީގައި ގަމަށް ޖައްސައިފިއެވެ.
ގަން އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 5 ފަހަރެއްގެ މަތިން ފްލައިޓް ވަނީ ގަން އެއާޕޯޓަށް ޖައްސަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ލޭންޑިން ގިއަރުގައި މައްސަލަ ޖެހުމުގެ ސަބަބުން ލޭންޑް ކުރެވޭ ގޮތެއް ވަނީ ނުވީއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ގަން އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓް ވަނީ ޖައްސާފައެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި ފްލައިޓް ޖެއްސުމަށް ޝެޑިއުލް ކޮށްފައި އޮތީ މިއަދު މެންދުރު 12:21 ގައި ކަމަށެވެ. އެހެން ނަމަވެސް ލޭންޑިން ގިއަރަށް މައްސަލަ ޖެހުމުގެ ސަބަބުން ވައިގެ ތެރޭގައި 1 ގަޑިއިރާއި 20 މިނިޓް ހޭދަކުރަން ޖެހުނެވެ.
އެންމެ ފަހުން އިމަޖެންސީގައި ފްލައިޓް ގަން އެއާޕޯޓަށް ޖެއްސީ 1:37 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓް ގަމަށް ޖެއްސިއިރު އެއްވެސް ޕަސެންޖަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް