އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުުރުމުގެ ހުއްދަދީިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަދީފިއެވެ.
މި ހުއްދަ ދިންކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ކަރެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ އެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުއްދަ ދީފައިވާނެކަމަށެވެ.
އަދީބު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަދީބަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެގޮތުން ކެންސަރު ޖެހިފައިވޭތޯ ޓެސްޓްކުރުމަށް ޑޮކްޓަރުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް