ފަނޑިޔާރު ދީދީ ވަކިކުރުމަށް މިރޭ މަޖިލީހަށް ހުށައަޅަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާއި މެދު ގޮތެެއް ނިންމުމަށް މިރޭ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުުރުމަށް ވަނީ ނިންމާފައެވެ.
ފަނޑިޔާރު ދީދީ މިވަގުތު ހުންނެވީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރެވިފައެވެ. ބޭސްފަރުވާއަށް ކަމަށްބުނެ ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
ދީދީގެ މައްސަލައެއް ފުލުހުން ބަލަމުން ދިއުމާއި ގުޅިގެން އެބޭފުޅާގެ މައްޗަށް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލައެއްވެސް ބަލާފައެވެ.
އެ މައްސަލަ ބެލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، ޖޭއެސްސީގެ މެންބަރުން ކަމުގައިވާ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް