ދަރުމަވަންތަ ހޮސްޕިޓަލްގެ މުވައްޒަފަކު އަންހެން ބަލިމީހަކު ރޭޕްކުރަން އުޅެފި
އައިޖީއެމްއެޗްގެ ބެލުމުގެ ދަށުން ހިންގަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ މުވައްޒަފަކު އެތަނަށް ފަރުވާ ހޯދަންދިޔަ އަންހެނަކާާއި ގަދަކަމުން ބަދުއަޚުލާގީ އަަމަލު ހިންގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕިސްޓަކު އުމުރުން 19އަހަރުގެ އަންހެންކުއްޖަކާއި އެކު ގަދަކަމުން ބަދުއަޚުލާގީ އަަމަލު ހިންގަން އުޅުނު މައްސަލައެއް ވަނީ ހުށައެޅިފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ނުވަވަނަ ދުވަހުގެ 6:00 އެހާއިރެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. މި މައްސަލައިގައި މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ.
19އަހަރުގެ އަންހެންކުއްޖާއާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވެނީ އުމުރުން 28 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ ފިޒިއޮތެރަޕިސްޓަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް