ބާ ކައުންސިލްގެ ނައިބު ރައީސަކަށް މުއިއްޒު!
ގާނޫނީ ފަންނުގެ ބިލުން ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އުފެއްދި ބާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު އަބްދުﷲ މުއިއްޒު އިންތިޚާބުވެ ވަޑައިގަންނަވައިފިއެވެ.
މުއިއްޒު މިމަގާމަށް އިންތިޚާބުވެ ވަޑައިގަތީ މިއަދު މާލެއާއި އައްޑޫގައި އޮތް މި ކައުންސިލްގެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ. މި މަގާމަށް ސުއޫދާއި ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޛު މުހައްމަދު ހަލީމެވެ.
ހަލީމް ވަނީ ޓްވިޓަރ މެދުވެރިކޮށް މުއިއްޒުއަށް މަރުހަބާ ދަންނަވައި، ހަލީމްގެެ ކެމްޕެއިންގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް