ބިދޭސީން އަހުލުވެރިކުރުވުމަށް ހުރާގައި ޕްރޮގްރާމެއް ހިންގައިފި
ޤާނޫނުތަކާއި ޤަވާއިދުތަކަށް ބިދޭސީން އަހުލުވެރި ކުރުވައި ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކ. ހުރާގައި ކުރިއަށް ގެންގޮސްފިއެވެ.
ޖުލައި 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން ބިދޭސީންނާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާޙައުލުގައި ބިދޭސީންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި މުޖުތަމަޢު ތެރޭގައި އުޅޭ އިރު ބިދޭސީންގެ ފުށުން ކުރިމަތިވާ ޖިނާޢީ ކުށްތަކާއި އެކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ހުރާ ޕޮލިސް ޑެސްކާއި ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އަދި ހުރާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ފޯރ ސީޒަން އެޓް ކުޑަހުރާ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީންނާއި ކްލަބްމެޑްގައި މަސައްކަތްކުރާ ބިދޭސީންނާއި އަދި ހުރާގައި މަސައްކަތް ކުރާ ބިދޭސީން ހިމެނޭގޮތަށް ޖުމްލަ 345 ބިދޭސީން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް