N/A
N/A
ހަބަރު 26 Jul 2019 | 11:17

އިނގިރޭސީންގެ ހިމާޔަތުން މިނިވަންވުމަށް ދިވެހި އަންހެންވެރީންވެސް މަސައްކަތް ކުރި!

ގައުމެއްގެ ހަޔާތުގައި އެންމެ ބަނަ ދުވަސްވަރަކަށް ވާނީ އެގައުމުގެ މިނިވަންކަން ގެއްލިގެންދާ ދުވަސްވަރެވެ. މިކުޑަކުޑަ ދިވެހި ދީބުގެ ތާރީޚުގެ ސަފްހާތަކުންވެސް އެކަން ފެންނާން އެބައޮތެވެ. ދިވެހިންގެ ލިޔެވިފައިވާ ތާރީޚުގެ ރިވާޔަތްތަކަށް ބަލާލާއިރު، ދިވެހިންގެ މިނިވަންކަން ގެއްލުނީ ޖުމްލަ ތިން ފަހަރުގައި ކަމަށް ތާރީޚީ އިލްމުވެރިން ބުރަވެލައްވައެވެ. އެއީ ހޮޅިންގެ އަތްދަށަށް ދިވެހިން ދިޔުމާއި، ކާފަރުވި ނުވަވަނަ ފޮނުއްވި ޕޯޗުގީޒު ކުލީ ސިފައިންގެ އަތްދަށަށް ރާއްޖެ ދިއުމާާއި އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ދިވެހިރާއްޖެ ދިއުމެވެ.

މި ތިން ފަހަރުވެސް ދިވެހި ގައުމު ދެކެ ލޯބިވާ ވަފާތެރި ދިވެހިންތަކެއް ވަނީ ގައުމިއްޔަތުގެ ރޫހުގައި ނިކުމެ، ދިވެހިންނަށް މިނިވަންކަން ހޯދައިދީފައެވެ. އެތަކެއް ލެޔާއި އެތަކެއް ދަލެއް އޮހޮރުވައިގެންނެވެ. މީގެ ކުރިން ބަޔާންކުރެވުނު ތިން ފަހަރުގެ ތެރެއިން މިިނިވަންކަމުގެ އުފާ ހާސިލްކުރުމަށް ލޭ އޮހޮރުވުމަކާއި ނުލައި، ބުއްދީގެ ބޭނުންކޮށްގެން މިނިވަންކަން ހާސިލްކުރި ފަަހަރަކަށް ވާނީ އިނގިރޭސީންގެ ހިމާޔަތުން މިނިވަންކަން ހާސިލްކުރެވުނު ފަހަރެވެ. އެ މިނިވަންކަމުގެ މުނާސަބަތުގައި މިއަދު ފާހަގަކުރެވެމުން މިދަނީ ދިވެހިރާއްޖޭގެ 54ވަނަ މިނިވަން ދުވަހެވެ.

އިނގިރޭސިވިލާތް ފަދަ ބާރުހުރި ދައުލަތެއްގެ މުށުތެރެއަށް ދިވެހިރާއްޖެ ލެވުނީވެސް ދިވެހި ގައުމުގެ މަދު ބަޔަކު އެކަމަށް ބާރުދޭ މަސައްކަތް ކުރީތީއެވެ. ކަކާގޭ ޕާޓީއާއި އަތިރީގޭ ޕާޓީއާއި ދެމެދު އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ އޮއެވަރުގައި ދިވެހިންގެ މުސްތަގިއްލުކަން އޮޔާ ދިޔައީއެވެ. ނަމަވެސް އެ މިނިވަންކަން އަނބުރާ ހޯދީވެސް ހަމަ ދިވެހިންގެ ސިޔާސީ މަސައްކަތުންނެވެ. އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީން އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ހިކުމަތު އަމަލީގެ ދަށުން ކުރެއްވި އެތަކެއް މިންނެތް މަސައްކަތުންނެވެ.

އެފަދައިން ކުރެއްވި އެއް މަސައްކަތަކީ ދިވެހި ޒުވާނުންނާއި ދިވެހި އަންހެނުން ލައްވައި، އެމަނިކުފާނު އަޑީގައި ހުންނަވައިގެން އިނގިރޭސިންނާއި ދެކޮޅު ހަރަކާތްތައް ހިންގެވުމެވެ. މިފަދަ ބައެއް ހަަރަކާާތްތަކުން އެފަދަ ބޮޑު އިނގިރޭސި ދައުލަތް ސިހިގެންދިޔަކަމަށް އެނގެން އެބައޮތެވެ. މިގޮތުން މާލޭގެ އަންހެންވެރިން ކުރި މުޒާހަރާއަކީ މިފަދަ އެއް ހަަރަކާތެވެ. މިނިވަންކަމުގެ ވާހަކަ ދެކެވޭ މި މުނާސަބަތުގައި ދިވެހި ހިތްވަރުގަދަ އަންހެންވެރީންގެ ހަނދާންތައްވެސް އާކޮށްލުމަކީ ދެރަކަމަކަށް ނުވާނެއެވެ.

އެދުވަސްވަރު އިނގިރޭސިވިލާތުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގައިވާ އާތިންގްޓަން ޑޭވީ ހުންނަަވަނީ މާލެއަތޮޅު ދޫނިދޫގައެވެ. އެބޭފުޅާ މި ރަށުގައި ހުންނެވީ މަޝްހޫރު ދޫނިދޫ ގަނޑުވަރުގައެވެ. މަތިންދާބޯޓު ޖައްސާ ސްޓޭޝަން ހަލާކުކުރެވެންދެން ކާއެއްޗެހި ކޮންމެ ދުވަހަކު ގެނެވުނީ އައްޑޫއަތޮޅު ގަމުންނެވެ. ސަރުކާރު މުވައްޒަފުންގެ ނާދީގެ ރައީސްކަންވެސް މިބޭފުޅާ ކުރެއްވިއެވެ. ޑޭވީ ދިވެހިރާއްޖޭގައި އުޅުއްވީ އެހާވެސް ބާރުގައެވެ. އެހާވެސް ޝަރަފުގައެވެ. ނަަމަވެސް 1962ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހަކީ މި ބާރުގަދަ މީހާއާއި އޭނާގެ ބާރުގަދަ ދައުލަތުންވެސް ބިރުން ސިހުނު ދުވަހެކެވެ.

އެއީ ދިވެހި ތާރީޚުގައިވެސް އަންހެންވެރިން ސިޔާސީ މުޒާހަރާއެއް ކުރި ފުރަތަަމަ ފަހަރެވެ. އެދުވަހުގެ ރޯމާއި ދުވާލު މާލޭގެ ފަޅުތެރޭގައި ހުރި ދޯނިފަހަރު ކަނޑައިލައިގެން އަންހެނުން ފަލިޖަހައިފައި ދޫނިދޫއަށް ގޮސް ޤައުމީ ޝުޢޫރުތައް ފާޅުކުރިއެވެ. މަރުހޫމް އިބްރާހިމް ނާސިރުގެ ހިކްމަތު އަމަލީގެ ދަށުން ހިންގެވި މި ހަރަކާތުގައި އިސްކޮށް ހުންނެވި އެއް ފަރާތަކީ މަޝްހޫރު ފިރިހެން ފާތުމައެވެ. މުޒާހަރާގައި ދޫނިދުއަށް ފުރަތަމަ ވަން ދޯނީގެ ހުންގާނުގައި ހުރީ ވެސް ފާތުމަ އެވެ. އެ އަންހެންވެރީން ޑޭވީއާއި ދިމާލަށް ރުޅިވެރިކަމުގެ ބަސްތައް ރައްދުކޮށް، އޭނާ ބިރުގަންނަވާލަން ދިޔުމުން އެބޮޑު އިނގިރޭސި ދައުލަތްވެސް ދިޔައީ ސިހިގެންނެވެ. ގަދަފަދަކަމުން އުޅުނު ޑޭވީގެ ހިމާޔަތުގައި އިނގިރޭސި ސިފައިންގެ މަނަވަރުތައް ދޫނިދޫ ކައިރީގައި ބާއްވަން ޖެހުނެވެ.

މި މަނަވަރުތަކުންވެސް ދިވެހިން ސިހިގެން ދާފަދަ ކަމަކަށް ނުވިއެވެ. އެމަަނަވަރުތަކަށްް ހަޖޫޖެހުމުގެ ގޮތުން ގޯނިން ރެޕްލިކާ މަނަވަރުތަކެއް ހެދިއެވެ. އެ މަނަވަރުތައް ހެދީ މާފަންނު ތޮށިމަތީގައި ކަމަށްވެއެވެ. އެކަމުގައި އިސްކޮށް ހުންނެވީ އެންދެރިމާގޭ އިބްރާހިމް މަނިކު ދޮންމަނިކާއި އައްބާސް އިބްރާހީމާއި، ކޮނޑޭ ތުއްތުމަނިކާއި، މާވާ މުހައްމަދު މަނިކާއި، ހީނާ ތުއްތު މަނިކު ފަދަ ފަރާތްތަކެވެ.

މި ހަރަކާތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިން ދެކެ އެބޮޑު އިނގިރޭސި ދައުލަތް ސިހިގެން ދިއުމެވެ. ރާއްޖޭގައި ހަމަޖެހިލައިގެން ތިބެވޭނެކަމުގެ ޔަގީންކަން ގެއްލިދިއުމެވެ. މިއަދު މިނިވަންދުވަހުގެ ވާހަކަ ދެކެވޭއިރު، ދިވެހިންގެ މިނިިވަންކަމަށް ދިވެހި އަންހެންވެރިން ކުރެއްވި އަގުހުރި މަސައްކަތުގެ ވާހަކަވެސް ދައްކާލަން އެބަޖެހެއެވެ. އެ ފަރާތްތަކުގެ ޒިކުރާ އާކޮށް، ޖިންސެއް އުމުރެއް ނެތި ގައުމީ ލޯބީގައި ގައުމު ދިފާއުކުރަން އަތުކުރި އޮޅާލަން ޖެހެއެވެ.

ފޮޓޯ: އަލާ ދީދީ/ ޓްވިޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...