މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ރ ގައިވާ ގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމާއެކު ސަރުކާރުގެ ފަރާތުން އެ ދައުރަކަށް ހުށަހަޅަން ހުރި ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގައި މަޖިލީހަށް 200 އަށްވުރެ ގިނަ ބިލު ހުށަހަޅަން ނިންމާފައި ވާއިރު އޭގެ ތެރެއިން މަޖިލީހަށް ސަރުކާރުގެ ފަރާތުން 37 ބިލެއް ހުށަހަޅާފައިވާކަން މަޖިލީހަށް އިއުލާނުކުރައްވާފައިވަނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲއެވެ.
މަޖިލީހުގެ ދެވަނަ ދައުރަށް ސަރުކާރުން ހުށަހެޅި 37 ބިލުގެ ތެރެއިން 2 ބިލުގެ 2 ބިލުގެ ކިޔުން މިއަދުގެ މަޖިލީހުގައި ފައްޓަވާފައިވާއިރު، އެ ދެ ބިލަކީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް