ޕިކަޕެއްގެ ފުރޮޅު ދަށުވެ އުމުރުން ދުވަސްވީ މީހެއްގެ އިނގިލި ފެޅިއްޖެ
މާލޭގެ މަގުމަތީގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވެ، އުމުރުން ދުވަސްވީ މީހެއްގެ އިނގިއްޔަކަށް ގެއްލުންވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަގުމަތީގައި ހުރި ލަކުޑިތަކެއްގައި އަޅައިގަނެ، އުމުރުން ދުވަސްވީ މީހާ މަގުމައްޗަށް ވެއްޓުނު ވަގުތު އެ ތަނުގެ ކައިރިން ދިޔަ ޕިކަޕެއްގެ ފުރޮޅުގައި އެމީހާގެ އިނގިލި ދަށުވެގެންނެވެ.
އެނގިފައިވާ ގޮތުގައި ވައަތުގެ މެދު އިނގިލީގެ ކޮޅު ވަނީ ފަޅައިގެން ގޮސްފައެވެ.
ފުލުހުން ބުނާގޮތުގައި އެމީހާ އަޅައިގަނެފައިވަނީ އިސްކަންދަރު މަގު ބުރު ކައިރީގައި ހުރި ލަކުޑިތަކެއްގައި ކަމަށެވެ.
މީގެ ކުރިންވެސް މަގުމަތީގައި ހުރި ލަކުޑި ޕެލެޓްފަދަ ތަކެތީގައި މީހުން އަޅައިގަނެގެން ބޮޑެތި ގެއްލުންތައް ވެފައި އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް