ޕިކަޕެއް ކޮންޓްރޯލު ނުވެ ގޮސް އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ފަރުވާދެނީ
ބާރު ސްޕީޑުގައި މާލެއިން ހުޅުމާޅެއަށް ދުއްވާފައި ދިޔަ ޕިކަޕެއް އެއާޕޯޓުގެ ބުރިޖު ލައިޓަށް ކޮންޓްރޯލް ނުވެގޮސް، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ރޭ ދަންވަރު 02:42 ހާއިރު ހިނގި މި އެކްސިޑެންޓުގެ ސަބަބުން ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރުވެސް އެ ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މިމައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް