މިދިޔަ ސަރުކާރުގައި ފެނަކައިން ނުހައްގުން ވަކިކުރި ފަރާތްތަކަށް ވަޒީފާ ދީފި
ފެނަކައިގެ ވަޒީފާއިން ނުހައްގުން ވަކިކުރި ފަރާތްތަކަށް އަލުން ވަޒީފާ ދީފިއެވެ.
މިކަން ހާމަކޮށް ފެނަކަ ކުންފުނިން ވަނީ ޓްވީޓެއް ކޮށްފައެވެ.
ފެނަކައިން ބުނީ އެކުންފުނިން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައި ވައުދާއި އެއްގޮތަށް އަނބުރާ ވަޒީފާ ދީފައިވާނެކަމަށެވެ.
ވަޒީފާ ދީފައިވަނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ރައީސް އޮފީހަށް މައްސަލަ ހުށައެޅި މީހުންގެ ތެރެއިން ވަޒީފާ ބޭނުންވި އެންމެންނަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި ފަރާތްތަކަށް ވަޒީފާ ދީ ނިންމާލައިފައިވަނީ ސަރުކާރުގެ ފުރަތަަމަ ސަތޭކަ ދުވަހުގެ ތެރޭގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުގައި އޭރުގެ އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވި ފެނަކައިގެ މުވައްޒަފުންނާއި ދެކޮޅަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް