އިންޑިޔާއިން ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ކުއޯޓާ އިތުރުކޮށްފި
އިންޑިޔާއިން ރާއްޖެއަށް ކާާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ދީފައިވާ ކުއޯޓާ އިތުރުކޮށްފިއެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަލުވި އާއި ފިޔާ، ފުށް، މުގު، ކުކުޅު ބިސް ފަދަ ބާވަތްތަކަށް މިދިޔަ މަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ވަނީ އިމްޕޯޓް ކުއޯޓާ އިތުރުކޮށްފައެވެ.
އިންޑިޔާއިން ކާބޯތަކެތީގެ ބާވަތްތައް ބޭރުކުރުމަށް ކޮންމެ ގައުމަކަށްވެސް ކުއޯޓާއެއް ދީފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ ތެރެއިން މިދިޔަ ދެ އަހަރު ވަނީ 222.68 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ.
އަދި އޭގެ ކުރީ އަހަރު އެތެރެކޮށްފައި ވަނީ 206 މިލިއަން ޑޮލަރުގެ މުދާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް