ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ރީތިކޮށް ހެދުންއަޅާ!
ކާމިޔާބު މީހަކަށް ވުމަށްއެދޭނަމަ ރީތިކޮށް ހެދުން އެޅުމަކީ ކުރަން ޖެހޭނެކަމެއްކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ޔޭލްއިން މި ދިރާސާކޮށްފައިވަނީ 18 އަަހަރާއި 32 އަހަރުގެ 128 ފިރިހެނުންގެ އެހީގައެވެ.
މި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި އެމެރިކާގެ ހިއްސާގެ ބާޒާރުގައި ހިއްސާ ގަންނަން އުޅުނު ފަރާތްތަކުގެ ތެރެއިން އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ތިބި ފަރާތްތަކަށް ލިބުނީ އަަހަރަކު 680،000 ޑޮލަރެވެ. ނަަމަވެސް ވަރަށް ރީތިކޮށް ހެދުން އަަަޅައިގެން ތިބި ފަރާތްތަކަށް 2.1 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބުނުކަމަށް މި ދިރާސާއިން ދައްކައެވެ.
މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި އެފަރާތްތަކުގެ އާމްދަނީ އިތުރުވެގެންދިޔައީ ރީއްޗަށް ހެދުން އެޅުމުގެ ސަބަބުން ގަދަރު އުފުލިގެން ދިއުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް