މަޖީދިއްޔާ ސްކޫލް ޖަންބަލްސޭލް މިމަހު 25 ގައި
މަޖީދިއްޔާ ސްކޫލްގެ ޕީޓީއޭއިން އިންތިޒާމްކުރާ މަޖީދިއްޔާ ޖަންބަލް ސޭލް މިމަހުގެ 25 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފެއާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ މަޖީދިއްޔާ ސްކޫލް ޕީޓީއޭގެ ނައިބް ރައީސް އަހްމަދު ނާފިއު "ވޮއިސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި ފެއާއަކީ ސްކޫލް ދަރިވަރުންނާއި ސްކޫލްގެ އެކި ކަންކަމަށް ފަންޑް ރައިޒް ކުރުމަށް ހިންގާ ޖަންބަލް ސޭލްއެއްކަމަށެވެ.
ފެއާ އޮންނާނީ މިމަހުގެ 25،26 އަދި 27 ވަނަ ދުވަހު މެންދުރު 2:00 އިން ރޭގަނޑު 11:00 މަޖީދިއްޔާ ސްކޫލް ކުރިމަތީ ތަރައްޤީކުރެވެމުން އަންނަ ޕާކިންގ ޒޯން ސަރަހައްދުގައެވެ.
މި ފެއާގައި ކާނާ އާއި އަންނައުނު ކްރާފްޓާއި ތަފާތު އެހެނިހެން ސާމާނު ވިއްކާ ސްޓޯލް ހުންނާނެކަމަށް ނާފިއު ވިދާޅުވިއެވެ. ސްޓޯލްތަކަށް އެދުމުގެ ފުރުސަތާއި ސްޕޮންސާރ ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައިކަން އޭނާ ފާހަގަކުރެއްވެވިއެވެ.
ސްޓޯލް ގަތުމާއި އިތުރު މައުލޫމާތު 7337887 ގުޅާލުމުން ލިބޭނެކަމަށް ނާފިއު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް