ހުވަދު އަތޮޅަށް ހުދު ސަމާލު ނެރެފި
ގއ އަދި ގދ ހިމެނޭ ހުވަދު އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޢާއްމުކުރި ގޮތުގައި ބުދަ ދުވަހުގެ މެންދުރު 13:15 އިން ފެށިގެން ހަވީރު 17:00 ޖެހުމާ ހަމައަށް އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާއްމުގޮތެއްގައި ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުން ގޯސްވަނީ ވަރަށް މަދު ފަހަރަކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް