މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވެނީ ޕްރޮވިންސްތައް ނެހެދޭތީ: ފިއްޓޭ
ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރި ނާރައިގެން އުޅޭ ސަބަބަކީ ޕްރޮވިންސްތައް ހެދިފައި ނުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ފިއްޓޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ ދިވެހި މަސްވެރިކަން ކުރި އަރައިގެން ނުދިޔަ އެއް ސަބަބަކީ ޕްރޮވިންސް އުސޫލުން ރާއްޖެ ހިންގުން ނެތުންކަމަށެވެ.
"އެކަމަށް އެއްބަސް ނުވެވުނު ހިސާބަކީ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވިގެން މިއުޅޭ ސަބަބަކީ"، ފިއްޓޭ ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މަސް ބޭނުމަށް ގިނަ ޚަރަދުތަކެއްކުރަން ޖެހޭތީކަމަށެވެ. އެކަން ކުޑަކުރުމަށް އައިސް ޕްލާންޓްތައް އިތުރުކޮށް ތެޔޮ ފަސޭހައިން ލިބޭނެގޮތް ހެދުމަށް ޒިޔާދު ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް