ވެމްކޯގެ މުވައްޒަފަށް ހަމަލާދިން މީހާ އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ
ވެމްކޯގެ މުވައްޒަފަކަށް އެސްލޯން ހޮޅިއަކުން ހަމަލާދިން މީހާ އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެމީހާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ރޭ ހޯދައި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ އަމިއްލަ އަށް މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުން ދާ ވީޑިއޯގައި ވެމްކޯ ޔުނީފޯމްގައި ހުރި މީހަކާއި މަގުމަތީ ހުރި އާންމު މީހަކާ ދެމެދު ޒުވާބެއް ހިނގައި އެސްލޯނު ހޮޅިއަކުން ތިންވަރަކަށް ފަހަރު ވެމްކޯގެ މުއައްޒަފަށް ހަމަލާދެ އެވެ. އޭގެ ބަދަލުގައި ވެމްކޯ މުވަޒަފު ވެސް އަނެއް މީހާއާއި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެއެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާނެކަމަށް އޭނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް