ބިގަށް ދޭންޖެހޭ ފައިސާ ދިނުން މަޑުޖައްސާލަން އަންގައިފި
ދައުލަތުގެ މީޑިޔާގެ ފަރާތުން ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް ދޭންޖެހޭ ފައިސާތައް ދޫކުރުން މަޑުޖައްސާލަން އަންގައިފިއެވެ.
ބިގްއަށް ދޭންޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އަންގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ.
ބިގްއަށް ދައްކަން އޮތް 78 މިލިއަން ރުފިޔާއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ނިންމާފައިިވަނިކޮށް އެ ފައިސާ ދިނުން ހުއްޓުވާފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކެއްވާކަމަށް ފާހަގަވުމުންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2014ވަަނަ އަހަރު ނެރުނު އެމްއެންބީސީގެ ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ބިގްއަކީ، އެމްއެންބީސީގެ އެކްސްކްލޫސިވް ސޭލްސް އޭޖެންޓެވެ. ނަމަވެސް އެކަމުގެ ތެރޭގައި އަޑި ނޭނގޭ އެތައް ކަމެއްވާކަމަށް އެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެގޮތުން ބިގްއަށް އެކަން ދޫކުރީ ބިޑަކުން ކަމުގައިވިޔަސް، ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ވަނީ ލަފާދީފައެވެ. އަދި އެމްއެންބީސީން ބިގްއަށް ދޭންޖެހޭ އެއްވެސް ފައިދާއެއް ނުދިނުމަށް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް