ކެރެލާގައި އުޅޭ ދިވެހިން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
ކެރެލާ ސަރަހައްދުގައި ދިރިއުޅޭ ދިވެހިން މޫސުމަށް ސަމާލުވުމަށް ސަރުކާރުން އެދިއްޖެއެވެ.
ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގަދަ ވިއްސާރައާއި ގުޅިގެން ފެންބޮޑުވެދާނެކަމުގެ އިންޒާރުދީފައިވާތީ އެކަމަށް ސަމާލުވުމަށް ހުރިހާ ދިވެހިންގެ ކިބައިން އެދޭ ކަމަށެވެ.
އަދި އަންނަ އާދިއްތަ ދުވަސް ވަންދެން ކޮޗިން އެއާޕޯޓު ބަންދުކޮށްފައިވާކަން ކޮންސިއުލޭޓުން ވަނީ ފާހަގަކޮށްފައެެވެ.
މި ހާލަތުގައި އެއްވެސް އެހީތެރިކަމަކަށް ބޭނުންވާނަމަ ކޮންސިއުލޭޓްގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފައެވެ. ކޮންސިއުލަރ ހޮޓްލައިނަކީ +919847702554 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް