އެޗްއާރުސީއެމްގެ ނައިބްރައީސްކަމަށް އައްޔަނުކުރުމަށް ޝަފީގްގެ ނަން ފޮނުވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބުރައީސްކަމުގެ މަޤާމަށް ރައީސް ފޮނުއްވި ނަންފުޅަކީ މިހާރުވެސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަފީގު މަމްދޫހު އެވެ. ރައްޔިތުން މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވަނީ އެކަން މަޖިލީހަށް އިއްވެވުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަކީ މަރިޔަމް މުނާއެވެ. ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އިސްމާއީލް ހަބީބް، ސަމާއު އަހްމަދު، އަދި އަހްމަދު މަގްސޫމް އެވެ.
އެޗްއާރުސީއެމްގެ ނައިބުރައީސްކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހަށް ފޮނުއްވެވި މުހައްމަދު ޝަފީގަކީ މީގެ ކުރިން އެލްޖީއޭގެ ސީއީއޯކަންވެސް ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް