ކޮމިޝަންތަކާއި ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ ހާމަކުރެވެން ނެތް: ތަރުޖަމާން ހޫދް
ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކާއި ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލެވެންސްތަކުގެ ތަފްސީލް ތަކަކީ އާންމުކުރާ މައުލޫމާތަށް ނުވާތީވެ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ ކޮމިޝަންތަކާއި ކޮމިޓީ ތަކުގެ މެންބަރުންނަށް އެލަވަންސެއް ދިނުމާއެކު، އެބޭފުޅުން ބޭނުންވެއްޖެ ނަމަ ސަރުކާރުން ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށެވެ.
އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެކި މައްސަލަތަކާ ގުޅިގެން ކޮމިޓީ އުފައްދަމުންދާތީ ޢާންމުން ދެންދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
މިހާތަނަށް ރައީސުލްޖުމްހޫރީއްޔާ އަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުތަކުގެ ދަށުން ވަނީ ދެ ރިޔާސީ ކޮމިޝަނާއި ހަ ކޮމިޓީއެއް އުފައްދަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް