އައްޑޫ ސިޓީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކުން ދުރުވަނީ
އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އައްޑޫސިޓީގައި ބޭނުންކުރަން މަނާކުރުމަށް ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރެއްގައި ބުނެފައިވަނީ ޖޫން، 5، 2020 އިން ފެށިގެން އައްޑުއަކީ ސިންގަލް-ޔޫޒް ޕްލާސްޓިކް ބޭނުން ނުކުރާ ސިޓީއަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ކައުންސިލްގެ ހަތް މެންބަރުންގެ އިއްތިފާގުންނެވެ.
މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ ވިދާޅުވީ މިކަން ކުރާނީ އައްޑޫގެ ހުރިހާ މުއައްސަސާތަކާއި ވިޔަފާވެރިންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކާ ވެސް ގުޅިގެން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަކީ މީގެ ދެއަހަރު ކުރިން ފެށިގެންވެސް ސިންގަލް ޔޫސް ޕްލާސްޓިކް މަނާ ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް