އުމަރު ވިދާޅުވީ ލުތުފީ މަރުވަންދެން ލަންކާގައި ބަހައްޓަން: މަޚުލޫފް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ހ.ހާޖަރާާގޭ އަބްދުﷲ ލުތުފީ ހައްޔަރުކުރުމުގެ ފުރުސަތު ލިބުނުކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މަޚުލޫފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ލުތުފީ ހައްޔަރުކުރުމުގެ ފުރުސަތު ލިބުނުކަން އެނގެން އެބައޮތްކަމަށެވެ.
އަދި ހައްޔަރުކުރުމުގެ ހުއްދައަށް އެދުމުން އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ލުތުފީ މަރުވަންދެން ލަންކާގައި ބެހެއްޓުމަށް ވިދާޅުވެފައިކަމަށް މަޚުލޫފް ވިދާޅުވިއެވެ.
ފަސް އަހަރު ނިމުނު އިރުވެސް ނުގެނެވުނު ލުތުފީ އިރާދަކުރެއްވިއްޔާާ މި ސަރުކާރުން ގެންނާނެކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޚުލޫފް މިހެން ވިދާޅުވިއިރު، ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ ހުރިކަން ސޯޝަލް މީޑިޔާއަށް ތިލަކޮށްދިނީވެސް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް