ހީނާ ވަލީދު ދިއްގަރު ދާއިރާއަށް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މ.ދިއްގަރު ދާއިރާއަށް ވާދަކުުރުމަށް މަޝްހޫރު ޕްރެޒެންޓަރ ހީނާ ވަލީދު ނިންމަވައިިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޓެލެވިޝަން މޯލްޑިވްސްގައި ޕްރެޒެންޓަރ އަދި ނިއުސް އެންކަރއެއްގެ މަގާމު އަދާކުރި ހީނާ ދިއްގަރު ދާއިރާއަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ޕޮރޮގްރެސިވް ނޭޝަނަލް ކޯލިޝަންގެ ތެރެއިން ރައީސް ޔާމީންގެ ތާއިދާއެކުއެވެ. ހީނާ ނިސްބަތްވެވަޑައިގަންނަވަނީ ދާދި ފަހުން ރަޖިސްޓްރީ ކުރެވުނު ޕީޕަލްސް ނޭޝަނަލް ޕާޓީއަށެވެ.
މާސް ކޮމިއުނިކޭޝަން އަދި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ހީނާ ވަނީ ޓީވީއެމްގައި 17އަހަރު ޚިދުމަތްކުރައްވާފައެވެ.
ހީނާ އެންމެފަހުން ހުރީ ނިމިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރކަމުގެ މަގާމުގައެވެ. ހީނާ އޭރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގިނަ ކެމްޕެއިން ރެލީތައް ހުށައަޅުއްވައިދެއްވާ، ކެމްޕެއިންގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ކުރީގެ ނޫސްވެރިން ގިނަ އަދަދަކަށް ވާދަކުރާއިރު، ޕީއެންސީގެ ފަރާތުން ނޫސްވެރިޔާ ލަޔާލް މަނިކްވެސް މަޖިލީހަށް ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް