ޑްރަގް އޮޕަރޭޝަނަކާއި ގުޅިގެން ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި
ނ އަތޮޅުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ މަސްތުވާތަކެއްޗާއި ގުޅޭ އޮޕަރޭޝަނަކާއި ގުޅިގެން ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފިއެވެ.
މިކަން ހާމަކޮށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމަހުގެ 1 ވަނަ ދުވަހު ނ.ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީފައިވާއިރު، ރޭ ދަންވަރުގެ ވަގުތެއްގައި އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، މިއީ ނ އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާއި ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރެވޭކަމަށެވެ.
މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ޝިފާން ވަނީ ހަނދާން ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް