މާލޭގައި މިނީބަހުގެ ހިދުމަތް އެމްޓީސީސީން ދެނީ
މާލެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މިކަން އެމްޓީސީސީއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނީ ކުޑަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފަށާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، މާލެއަށް މިނީބަހުގެ ހިދުމަތްދޭން ފެށުމުން އާއްމުންނަށް ލުއި އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިއީ މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރަން އޮތްކަމެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް