ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ހޮޅި ދަނޑީގައި ޖެހި ދޭތެރެ ދޭތެރެއިން އެކްސިޑެންޓްތައް ހިނގާކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް