ރޭސް ކާރަކުން ޖެހި ޒުވާނަކު ނިޔާވުން: ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ކަމަށެވެ.
ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ސައިކަލަކާ ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މި އެކްސިޑެންޓްގައި ޖެހުނު ސައިކަލް ދުއްވަން އިން ފަރާތަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށާ، ނިޔާވި ފަރާތަކީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.
އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.
މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް